Paediatric Consultation Clinic in Maldives

ކުޑަކުދިންގެ ސިއްހީ މައްސަލަތަކަށް ހާއްސަ ކްލިނިކް

ކުޑަކުދިންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލްއިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. ތުއްތު ކުއްޖަކު އުފަންވާއިރު އުފެދުމުގެ އުނިކަމެއް ހުރުމަކީ، ނުވަތަ އުފެދުމުގައި ތަފާތު ގޮތެއް ހުރުމަކީ ކޮންމެ މަޔަކާއި ބަފަޔަކަށް ވެސް ވަރަށް ހިތާމަވެރި ކަމެކެވެ. ދަރިފުޅުގެ ހެދިބޮޑުވުމާއި މުސްތަގުބަލާ މެދު ކަންބޮޑުވެ ފިކުރުބޮޑުވާ ފަދަ ކަމެކެވެ. އެފަދަ ކަންބޮޑުވުމާއި ހިތާމަތައް، އުންމީދާއި އުފާވެރިކަމަށް ބަދަލުވެގެންދާ ތަން މިއޮޓް އިންޓަނޭޝަނަލްގެ ޕީޑިއެޓްރިކް ސާޖަރީ ޑިޕާޓްމެންޓުން ވަނީ ފެނިފައެވެ. އުފެދުމުގައި ހުންނަ ތަފާތުކަން، އެކި ގުނަވަންތައް ވަކިން ރަނގަޅުކުރުމަށް ސާޖަރީ ހެދުމުގެ ފަންނީ ގާބިލުކަމާއެކު، އެފަދަ ސާޖަރީ ބޭނުންވާ އެންމެ ތުއްތު ކުދިން ފެށިގެން 14 އަހަރުގެ ކުދިންނާ ހަމައަށް މި ޑިޕާޓްމެންޓުން ހިދުމަތް ދެއެވެ.

Appointment Closed

For more information please call

މިއޮޓްގެ ފަންނީ ތަޖުރިބާ

  • އުފަންވާއިރު މަތީ ތުންފަތް ކެފިފައި ހުރުން / ތުންފަތާއި އަތްފައިގެ އައިބުކަން
  • އަންހެން އަދި ފިރިހެން ކުޑަކުދިންގެ ޖިންސީ ގުނަވަންތަކަށް ދިމާވާ މައްސަލަތައް
  • ހަށިގަނޑުގެ ތަންތަން ދުޅަވެފައި ހުރުން – ހާނިއާ / އެކި ހިސާބުތަކުފައި ފެން ޖަމާވުން (ހައިޑްރޯސެލް)
  • ފިހިގެން ލިބޭ އަނިޔާތަކަށް ފަހު ހަންގަނޑާއި މަސްގަނޑު ހަރުވެ ބާރުވެގެން ކުރިމަތިވާ މައްސަލަތައް
  • ކިޑްނީ ދުޅަވުން – ހައިޑްރޯނެފްރޯސިސް / ހައިޑްރޯރެޓްރޯނެފްރޯސިސް
  • ފުއްޕާމޭ ދުޅަވުން
  • ޔޫރިނަރީ ބްލެޑާ ގެ މައްސަލަތައް / ކުޑަކަމުދާ ގުނަވަނުގެ ހުޅުވޭތަނުގެ އުނިކަން
  • ޅައުމުރުގައި ޖެހޭ ކެންސަރު
  • އަންހެން އަދި ފިރިހެން ކުޑަކުދިންގެ ޖިންސީ ގުނަވަންތަކުގައި ހުންނަ އައިބުކަން
  • ޓްރޯމާއާ ގުޅޭ އަނިޔާތައް
  • ނާރުގެ މައްސަލަތައް – މައިބަދައިގެ އައިބުކަން

Visiting MIOT Specialist

Doctor image

Dr. M. Ragavan

MBBS, MS, DNB, MNAMS, MRCS (Edin), MCh (AIIMS) Head of Department of Paediatric Surgery MIOT International.
Dr. M. Ragavan who leads our Department of Paediatric Surgery has invaluable expertise built over 20 years in some of the most reputed medical institutions. His impeccable academic background in India & UK (in general surgery & Paediatric surgery) wide experience and exposure to the latest techniques has led to dramatic turn arounds in many young lives.
Book Appointment