ކޮންސަލްޓޭޝަން ކްލިނިކް ފޯ ކެންސަރ ކެއާ
މިއީ ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ، މިހާރު ވެސް ފަރުވާ ކުރިއަށްގެންދާ ފަރާތްތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް، ކެންސަރަށް ފަރުވާ ދޭ ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ކެންސަރަށް ފަރުވާ ކުރުމުގައި ހޯދެން އޮތް އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.
މިކްލިނިކުން ކަވަރުކުރާ ހާއްސަ ދާއިރާތައް
-
35 މެންބަރުން ހިމެނޭ ޓިއުމަރ ބޯޑު (އެކި ގުނަވަންތަކަށް ހާއްސަ ޑޮކްޓަރުން ބޯޑުގައި ހިމެނޭ)
-
ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ގާއިމްކޮށްފައި، އަދި ބަލި ދެނެގަތުމަށްޓަކައި ސްޓޭޓް-އޮފް-ދި-އާޓް މެޝިނަރީ (3ޑީ ޑިޖިޓަލް މެމޮގްރާމް، ޕީއީޓީ ސީޓީ، ޓްރޫބީމް އެސްޓީއެކްސް)
-
ބޭހުން ދެވޭ ފަރުވާ، ސާޖަރީ އަދި ރޭޑިއޭޝަންގެ ފަރުވާ
-
ބޯންމެރޯ (ކަށީގެ މަދު) ޓްރާންސްޕްލާންޓް ކުރުން
މިކްލިނިކުން ކަވަރުކުރާ ހާއްސަ ދާއިރާތައް
-
އުރަމަތީގައި ނުވަތަ ހަންގަނޑުގެ ދަށުގައި ގޮށްލުން
-
ބޮޑުކަމުދާއިރު ކަޅުކުލާގައި ހުރުން
-
ފުރަގަސް ފަރާތުން ގިނަ ދުވަސް ވަންދެން ލޭއައުން
-
ބަރުދަން ލުއިވުން / ކާހިތް ނުވުން
-
އުމުރުން ދުވަސްވެ ޕީރިއަޑުވުން ހުއްޓިފައިވާ އަންހެނުން އަލުން ލޭ އަންނަން ފެށުން
-
އަޑަށް ބަދަލު އައުން
-
ބަނޑު ފުއްޕުން
-
ދިރުވަން އުނދަގޫވުން
-
ހޮޑުލާއިރު ލޭއައުން
-
ވަރުދެރަވުން / ހަންގަނޑުގެ ކުލަ ބަދަލުވުން
Visiting MIOT Specialist