Dermatology Clinic - MIOT Rehab Maldives

ހަމުގެ މައްސަލަތަކަށް ހާއްސަ ކްލިނިކް

ހަމުގެ އެކިއެކި މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލްއިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. މި ކްލިނިކް އިންތިޒާމްކުރުމުގެ މަގުސަދަކީ، ބިހިނެގުން، އެކްޒީމާ، ހަންގަނޑު ކުރަކިވުން، ސަރިއާސިސް، ރޭޝް، އިސްތަށި ފޭބުން، ނުވަތަ އިސްތަށިގަނޑާއި ހަންގަނޑު އަދި ނިޔަފައްޗާ ގުޅުންހުރި އެކި މައްސަލަތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއީ ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ، މިހާރު ވެސް ފަރުވާ ކުރިއަށްގެންދާ ފަރާތްތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް ހަމުގެ ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ވެސް ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ހަންގަނޑާއި އިސްތަށިގަނޑު އަދި ނިޔަފަތީގެ ދުޅަހެޔޮކަމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.

Appointment Closed

For more information please call

ހަންގަނޑަށް ދިމާވާ މައްސަލަތައް

  • ސަރިއާސިސް / ހުދު ލައް ޖެހުން / ވިޓިލިގޯ ނުވަތަ ހުދުބަލި / ހަމުގެ އެލާޖީ / ބިހިނެގުން / ހަންގަނޑުގެ އިންފެކްޝަން
  • އޮޓޯއިމިއުން ކޮންޑިޝަންތައް: އެސްއެލްއީ / ޑާމެޓިމަޔޯސައިޓިސް / ފޮޅުނެގުމާއި ބްލިސްޓަރިން ބަލި
  • އެޓޮޕިކް ޑާމަޓައިޓިސް / ކްރޮނިކް އާޓިކެރިއަލް / ޖެނިޓަލް ޓާމެޓޮސިސް
  • ކޮސްމެޓިކް މައްސަލަތައް: ފޭޝަލް ޕިގްމެންޓޭޝަން / ބޮޓޮކްސް / ލައް ފިލުވުން / ލޭޒާ ޓްރީޓްމެންޓް / އުން ނެގުން
  • އިސްތަށިގަނޑާ ގުޅުން ހުރި މައްސަލަތައް: އިސްތަށި ފޭބުން / ބޮލުން ހަންފޭބުން / އެލޮޕެސިއާ / ޕީއާރުޕީ ތެރަޕީ
  • ނިޔަފައްޗާ ގުޅުން ހުރި މައްސަލަތައް: ނެއިލް ޑިސްޓްރޮފީ / ނެއިލް ސަރިއާސިސް / ފައިގެ އިނގިލީގެ އެތެރެއަށް ވާގޮތަށް ނިޔަފަތި އުފެދުން

Visiting Specialist

Doctor image

Dr. Vindhya Raparla

MBBS, MD (Dermatology, Venereology & Leprology), FAGE Dermatologist, MIOT International
Dr. Vindhya Raparla is a highly experienced Dermatologist and Cosmetologist with a special interest in aesthetic and anti-ageing procedures. She has extensive expertise in diagnosing and managing a wide range of dermatological conditions, supported by advanced proficiency in cosmetic and dermatosurgical treatments. Dr. Vindhya independently performs a broad spectrum of aesthetic procedures while also contributing to clinical protocol development, staff training, and efficient resource management, ensuring high standards of patient care.
Book Appointment